navLogo

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ތިން މިލިއަން ސިނގިރޭޓް ނައްތާލައިފި

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ތިން މިލިއަން ސިނގިރޭޓް ނައްތާލައިފި
customs
މަރިޔަމް

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން، މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ މިއަދު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމްސް އިން މިއަދު ވިދާޅުވީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލާފައިވާ ކަމަށެވެ.

އަދި މިތަކެއްޗަކީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތި ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެފައި ވެއެވެ.

ކަސްޓަމްސް އިން މި ތަކެތި ނައްތާލަނީ އަންދާލައިގެންނެވެ.

ރާއްޖެއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެ ކުރާ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356